ރާއްޖެއަށް މިހާރު މިކުރަނީ ދެ މޫސުން ބަދަލުވާއިރު އާންމުކޮށް ކުރާ ވިއްސާރަ- މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބަށް މިހާރުކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބަދަލުވާއިރު ޢާއްމުކޮށްކުރާ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެގޮތުން މިއަދާއި މިރޭ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް، ލަފާކުރެވޭއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ކަނޑުތައް ޢާއްމުގޮތެއްގައި މަޑުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ