ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ޙަރަކާތް ”ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018“ ގެ ބިބްސްތައް ބައިވެރިންނާއި ހަވާލުކުރަން ފަށައިފިއެވެ. ”ބިބް އެކްސްޕޯ“ގެ ނަމުގައި ދިރާގު ހެޑް އޮފީހުގައި މި ޙަރަކާތް ފެށީ މިއަދު ހެނދުނު ދިހައެއް ޖެހިއިރުގައެވެ.
”ބިބް އެކްސްޕޯ“ގައި ކޮންމެ ބައިވެރިއަކަށް ބިބްސް ކޮޅާއި ދުވުމަށް ޚާއްޞަ ދަބަހެއްގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓެއް ވަނީ ދީފައެވެ. ޓީޝާޓު ސަތޭކަ ރުފިއާއަށް ވިއްކާއިރު ދިރާގުން ބުނީ މި ޓީޝާޓުތައް ވިއްކުމަށްފަހު ލިބޭ ފައިސާ ރޯޑް ރޭސްގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ދިރާގުގެ ބުނީ މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެގެންދާނީ އެއްވެސް ގޮތަކައް ޕްލާސްޓިކުގެ ބޭނުން ނުކުރާ އިވެންޓަކަށް ކަމަށާއި، އެގޮތުން ޕްލާސްޓިކުގެ ބޭނުންކުރާ މިންވަރު މަދުކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭކަމެއްކަމަށެވެ. އެހެންކަމުން މިފަހަރުގެ ދިރާގު ރޯޑް ރޭހުން ނަމޫނާ ދައްކާނެކަމަށްވެސް ދިރާގުން ބުނި.
ބިބްސް ދޫކުރުން މިއަދާއި މާދަމާ ހެނދުނު ދިހައަކުން މެންދުރު ބާރައަށް އަދި މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު އަށަކުން ދިހައަކަށްވެސް ކުރިއަށް ދާނެކަމަށް ދިރާގުން ބުނެއެވެ. އަދި މިދުވަސްތަކުގައި ބިބްސް ބަލައި ނުގަންނަ ފަރާތްތަކަށް ފަހުން ބިބްސްތައް ދޫކުރުމަށް ހުޅުވާލާނެކަމަށްވެސް ދިރާގުން މަޢުލޫމާތުދެއެވެ. މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމަށް ދިރާގުން 4000 ޖާގާ ހުޅުވާލިއިރު 48 ގަޑިއިރުތެރޭ އެހުރިހާ ޖާގަ ފުރިފައިވާކަމަށް ދިރާގުން ބުނެއެވެ.
މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައެވެ.
”ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018“ ގެ ބައިވެރިންނާއި ބިބްސްތައް ހަވާލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ