ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ - މެޓް އޮފިސް
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ލައިލްތިމާސްކޮށްފިއެވެ.ކުރިއަށް އޮތް 24 ގަޑިއިރަސް މެޓް އޮފީހުން މޫސުން ލަފާކޮށްފަިއވާ ގޮތުގައި ހުޅަގުދެކުނާއި ހުޅަގުން އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށްވެސް މެތް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހެނދުނުން ފެށިގެން ކުރަމުންދާ ވިއްސާރަގައި މިއަދު ހެނދުނު ވަނީ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ