ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓުން ދާދި ދެންމެ މިނިވަންކޮށްފިއެވެ.
އަބުދުﷲ ރިޔާޒު މިނިވަން ކޮށްފައިވަނީ މިއަދު މިއަދު 3:30 ހާއިރު ކުއްލިގޮތަކަށް އެކޯޓަށް ހާޟިރުކުރުމަށް ފަހުގައެވެ.
ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރު ކޮށްފައި ނުވެއެވެ.
ކުރީގެ ކޮމިޝަަނަރ އޮފް ޕޮލިސް އަދި، ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންވެސް އޭނާ ދޫކޮށް ނުލައި ރިމާންޑް ޖަލަށް ވަނީ ބަދަލުކޮށްފައެވެ.
ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒުގެ ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލްކޯޓުން ނިންމާފައި ވަނިކޮށް އިސްތިއުނާފުމަރުހަލާގައި، ކުށްސާބިތުވާކަމަށް ނިންމީ ހައިކޯޓުންނެވެ. އަދި ހައިކޯޓުން ޢަބުދުﷲ ރިޔާޒު 4 މަހާއި 24 ދުވަހުގެ ޖަލަށް ލުމަށްވ ހުކުމްކޮށް ހުކުމް ތަންފީޒުކޮށް ނިމުމުންވެސް ބަންދުން ދޫކޮށްލާފައެއް ނުވެއެވެ.
އަބްދުﷲ ރިޔާޒް މިއަދު މިނިވަންކޮށްފައިމިވަނީ ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެެއްްވުމާގުޅިގެން މިއަދު އުފާފާޅުކުރަމުން ދަނިކޮށްށެވެ. އެހެންކަމުން ބީޗްސަރަހައްދުގައި އުފާޅުކުރަމުން ދިޔަ ކޯލިޝަންގެ އިސް ޅީޑަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ކްރިމިނަލްކޯޓް ސަރަހައްދަށް އެއްވެފައެވެ.
ހުކުމް ތަންފީޒުކޮށް ނިމުމުންވެސް އަަަބުދުﷲ ރިޔާޒު ދޫކޮށް ނުލާތީ ރިޔާޒުގެ ފަރާތުން އެމައްސަލަ ވަނީ ކޯޓަށްވެސް ހުށައަޅާފައި ވަނިކޮށް މިއަދު ރިޔާޒް ދޫކޮށްލާފައިވާއިރު ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރުދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް މިނިވަން ކުރުމާމެދު ގޮތެއް ނިއްމަވަން އެ ތިން ބޭފުޅުންވެސް ވަނީ ކުރިމިނަލް ކޯޓަށް ހާޟިރުކޮށްފައެވެ.
އަބްދުﷲ ރިޔާޒް މިނިވަންކުރަން ކޯޓަށް ހާޟިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ