ޔާމީން ހާޒިރު ކުރީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި – ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކުރީ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރުމުން އެފައިސާ ލޯންޑަކޮށް އެފައިސާ އާއި ގުޅޭގޮތުން ދައުލަތުގެ ކަމޭބެހޭ ފަރާތްތަކުން ހިންގި ތަޙްޤީޤަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އިސްލާމިކް ބެންކްގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި ޔާމީން އެ ފައިސާ ލޯންޑަކޮށް، ކަމާބެހޭ އިދާރާތަކުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަސެވެ.
"މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި އަބްދުﷲ ޔާމީން، ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރަން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކާއި އެތުހުމަތުތައް ބިނާކުރާ ޤާނޫނީ މާއްދާތަކާއި، ތުހުމަތުގައި ސުވާލު ކުރެވޭ ފަރާތައް އަންގަން ޖެހޭ ޤާނޫނީ އިންޒާރު އިއްވާ އެކަންކަން ފަހުމްވިކަމަށް ސޮއިކޮށް ޔާމީން އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ.
ފުލުހުންގެ ތަޙްޤީޤަށް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ މިއަދު 13:30 ގައެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެންނެވީ ހަތަރު ގަޑިއިރު ފަހުންނެވެ.
ޔާމީން މިއަދު ވިދާޅުވީ ފުލުހުން އެމަނިކުފާނާއި ސުވާލުކުރީ އެސްއޯއެފް ކުންފުނީގެ ޗެކަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓަށް ޖަމާކުރި ގޮތަކާ ބެހޭ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ