ފައްޔާޒުގެ ސަޕޯޓަރުންނަށް؛ ދުޅަހެޔޮ ކެމްޕެއިނަކުން ކާމިޔާބު ހޯދާ

ދެ ބަސްވުމާއި ނުނިޔަތުން އެކަހެރިވެ ޑިމޮކްރަޓިކް ދުޅަހެޔޮ ކެމްޕެއިނަކުން ކާމިޔާބު ހޯދުމުގައި ދެމި ތިބުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ޓީމުން ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފި އެވެ.
ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވަނީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. "ހިންގާލަން" ކެންޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެންބަރުންނަކީ ވާދަވެރި ސިޔާސީ ނިޒާމަކަށް ފަރިތަ އަދި އެއްބަސްވުމަށްޓަކާ ދެ ބަސްވުމުގެ ތެރެއިން ޕާޓީ އާއި ގައުމަށް އެ ވަގުތަކަށް އެންމެ ލާބަހުރި ގޮތެއް ހޯދުމުގެ މޭސްތެރިން ކަމަށެވެ.
އަމާޒުވާ އަމާޒުބުންތަށް ތަހަންމަލުކޮށް ކުރާ މުއާމަލާތްތަކުގައި ރިވެތި އަހުލާގާ އެކު ކެތްތެރިކަން އިސްކުރަމުންދާތީ އެމްޑީޕީ ހިންގާލަން ކުރަމުންދާ ކެމްޕެއިންގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައިވެސް ދެ ބަސްބުމާއި ނުނިޔަތުން އެކަހެރިވެ ޑިމޮކްރަޓިކް ދުޅަހެޔޮ ކެމްޕޭނަކުން ކާމިޔާބު ހޯދުމުގައި ދެމި ތިބުމަށް އިލްތިމާސް ކުރަމެވެ. މިއަދު ދެކެން ޖެހޭ މަންޒަރަކީ ހުރިހާ ފަރާތްތަކާ އެކު ގުޅިގެން އެމްޑީޕީ ބާރަށް ހިންގާލެވޭ ދުވަހުގެ އުފާވެރި މަންޒަރެވެ،" ބަޔާނުގައިވެއެވެ.
ފައްޔާޒުގެ ކެމްޕެއިނަށް މިލަންދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން --
ފައްޔާޒުގެ ކެމްޕެއިން ޓީމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެމްޑީޕީއަށް އަމާޒު ކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އެމްޑީޕީގެ މެންބަރުން ބައިބައިވެ ވަރުގަދަ ބަހުސެއް ކުރައްވާފައި ވަނިކޮށެވެ.
މިއަދުގެ ބަހުސްގައި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ. ރައީސް ސޯލިހަށް ފާޑުވިދާޅުވި އެމްޑީޕީގެ މެންބަރުން ވަނީ ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ތުހުމަތު ކުރައްވާފައެވެ.
ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރުން ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ސޯލިހަށް ވަފާތެރި ބައެއް މެންބަރުން ވަނީ ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ