ހާފިޒް ކަމުގެ ސަނަދު ހޯދާ ކޮންމެ މީހަކަށް ތޮއްޑޫ ކައުންސިލުން ބައިލައްކަ ރުފިޔާ

ހާފިޒުކަމުގެ ސަނަދު ނުވަތަ ކީރިތި ޤުރްއާން ހިތުދަސްކުރާ ތޮއްޑޫ ކޮންމެ ރައްޔިތަކަށް ތޮއްޑު ކައުންސިލުން ބައިލައްކަ ރުފިޔާ ދޭން އެ ރަށު ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލުން ބުނީ މި އިނާމުގެ ފައިސާގައި ހިމެނޭ 25،000ރ. ދޭން ނިންމާފައިވަނީ ކައުންސިލްގެ ރައީސް ކަރަމްގެ ޖީބުންކަމަށެވެ. އަދި އަނެއްބައި ދޭނީ ސްޕޮންސަރުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ހޯދާ ފައިސާ އިންނެވެ.
ތޮއްޑޫ ކައުންސިލުން ބުނީ ހާފިޒުކަމުގެ ސަނަދު ނަގާ އެ ރަށު މީހުންނަށް ފައިސާގެ ބޮޑު އިނާމެއް ދޭން ނިންމީ އެކަން ކުރަން ގިނަ ބަޔަކަށް ހިތްވަރުދިނުމާއެކު ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ކައުންސިލާ ގުޅިގެން ހިފްޒު ކުލާހެއް ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކާ އެކު އެއްބަސްވުން ހަދައި ކްލާސްތައް ކުރިއަށް ގެންދަން ކައުންސިލުން ފާސްކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ