އެފްރިކާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓިފައިވަނީ ދަނޑުތަކުގެ ބިންވެރި ފަރާތަކީ ކޮބާކަން ނޭންގޭތީކަމަށް ވޯލްޑް ބެންކުގެ ރިޕޯޓަކުން ބުނެފިއެވެ.
އެފްރިކާގެ އިޤްތިޞާދާ ބެހޭގޮތުން ވޯލްޑް ބެންކުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދަނޑުވެރިންނަކީ އެމީހުން މަސައްކަތް ކުރާ ދަނޑުތަކުގެ ހައްޤުވެރި ފަރާތްކަން ސާބިތުކޮށްދިނުމުގައި ހުރަސްތަކެއް ދިމާވަމުންދާކަމަށާ ދަނޑުބިންތަކުގެ މައްސަލަތައް އަދުލުއިންސާފުގެ ނިޒާމުގެ ތެރޭގައި ތާށިވެފައިވާކަމަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ ދަނޑުވެރިން ބިންތަކުގައި ދަނޑުގޮވާން ކުރުމަށް ފަސްޖެހިފައިވާކަމަށް ވެސް ވޯލްޑް ބެންކުން އާއްމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރައްޔިތުން ބިންވެރި ކުރުވައިގެން އެބިންތަކުގެ އެންމެ އެކަށީގެންވާ ބޭނުންކުރުމުގެ އިތުރުން އެބިންތަކުގައި މަސައްކަތް ކުރާނޭ މީހުން ހޯދާ އިތުރު ބަޔަކަށް އެބިންތަކުން ނަފާ ލިބޭނޭ މަގުފަހި ކުރަން ޖެހޭކަމަށް ވެސް އެރިޕޯޓްގައިވެއެވެ. ދުނިޔޭގައި ދަނޑުވެރިކަން ކުރެވޭނެ ބިންތަކުގެ ތެރެއިން ބޭނުންނުކޮށް އޮތް ބިންތަކުގެ ފަންސާސް އިންސައްތަ ބިން އޮތީ އެފްރިކާގައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ގިނަ ފަގީރުން ވެސް ތިބީ އެފަރިކާގައެވެ.
އެފްރިކާގެ އިޤްތިޞާދު ރަގަޅު ކުރެވޭނީ ރައްޔިތުން ބިންވެރިކޮށްގެން: ވޯލްޑް ބެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ