ތަމްރީނު ނުވެ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދެނީ 122 ޓީޗަރުން ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނާ ބުނުމަކީ ހަގީގަތާއި ހިލާފު ވާހަކަ ތަކެއް ކަަމަށާއި ރާއްޖޭގައި ތަމްރީނު ނުވެ 1200 ޓީޗަރުން ކިޔަވާ ދެއްވަމުން އަންނަ ކަމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޓޭމްގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވީ އެބޭފުޅުން ހޯދާފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 1200 ޓީޗަރުން ތަމްރީން ނުވެ ކިޔަވާ ދެމުންދާ ކަމަށެވެ. އެ ބެފޫޅުންގެ ޑޭޓާ އެއްކޮށްފައި ވަނީ ކޮން މައުލޫމާތުތަކަށް ބަލައިގެންތޯ ސުވާލު ދެންނެވުމުން އާތިފް ވިދާޅުވީ ޑޭޓާ އެއްކޮށްފައިވަނީ ސީދާ ސްކޫލްތަކަށް ގުޅާ މައުލޫމާތު ސާފު ކޮށްގެން ކަަމަށެވެ.
"އަޅުގަނޑުމެން ސީދާ ސްކޫލްތަކަށް ގުޅާ ސާފުކޮށްގެން ޑޭޓާ ތައްޔާރު ކޮށްފައި ވާނީ. އަޅުަގަނޑުމެންގެ ޑޭޓާ ތަކުން އިނގޭ ގޮތުގައި ރާއްޖޭގައި ތަމްރީން ނެތް 1200 ޓީޗަރުން އެބަތިބި،" އާތިފް ވިދާޅުވި އެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ އެޑިއުކޭޝަނުން ތައްޔާރު ކޮށްފައިވާ މުސާރައިގެ އޮނިގަނޑުގެ ކޮޕީއެއް އެ ފަރާތަށްވެސް ލިބެން ޖެހޭ ކަމަށެވެ. އާތިފް ވިދާޅުވީ އެ މަސައްކަތުގައި އެ ފާރާތުންވެސް ޝާމިލްވެފައި ވުމާއި އެކު ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ޕްރޮޕޯސަލް ހެދުމަށްވެސް އެ އޮނިގަނޑުގެ ކޮޕީއެއް މުހިއްމު އެވެ. އަދި ވިދާޅުވީ އެ ސިޓީގެ ކޮޕީއަކަށް އެދި މިހާރު އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
އާތިފް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑާއި އެޑިއުކެޝަން މިނިސްޓްރީން އެކުލަވާލާފައިވާ އޮނިގަނޑުގެ ކޮޕީއަށް އެ ފަރާތަށް މުހިންމު ކަމަށާއި އެ ދެ އޮނިގަނޑުގެ ކޮޕީ ލިބުމުން އެ ފަރާތަށް އޮނިގަނޑު ރިވިއު ކުރެވޭނެ ކަމަށެވެ. ނަމަވެސް ރައީސް އަށް ފޮނުވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ކޮޕީއެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތަމްރީން ނުވާ 1200 ޓީޗަރުން ކިޔަވައިދޭ: ޓޭމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ