މުސްތަފާ ސޮއިކުރެއްވީ އަޅުގަނޑު ގާތުބުނެފަައި: ރައީސް މައުމޫން

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރޭ އެމްޑީޕީއަށް ސޮއިކުރެއްވީ އެމަނިކުފާނުގެ އަރިހުގައި ވިދާޅުވެފައިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މުސްތަފާ އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވީ އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައި ކަމަށާއި، އަބަދުވެސް ހެޔޮ އެދިވަޑައިގަންނަވާކަމަށެވެ.
މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މުސްތަފާ އިންތިހާބު ވެވަޑައިގަންނަވާފައިވަނީވެސް އެމްޑީޕީގެ ޓިކެޓެއްގައެވެ. ނަމަވެސް ހޮވިވަޑައިގަތުމަށްފަހު އެބޭފުޅާ ވަނީ އޭރު ވެރިކަންކުރަމުންދިޔަ ޕީޕީއެމްއަށް ގުޅިވަޑައިގަންނަވާފައެވެ.
ޕީޕީއެމްގައި ހުންނަވަނިކޮށް މުސްތަފާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން، އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން ގެއްލި، ފަހުން އެގޮނޑި އިޔާދަވުމާއި ހަމައަށް ހުންނެވީ ރައީސް މައުމޫން ފެކްޝަންގެ ހަރަކާތްތެރިއެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ