މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ރައީސް އިބުރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ސޯލިހަކީ ކާމިޔާބުކަމާ އެކު، ރައްޔިތުންގެ މަޖިލީހުގައި ފަސް އަހަރުގެ ދައުރު ޝަރަފުވެރިކަމާ އެކު ފުރިހަމަ ކުރެއްވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކު ރާއްޖޭގެ ވެރިއަކަށް ވަޑައިގަތުމަކީ، ރައްޔިތުންގެ މަޖިލީހަށް ވެސް ލިބޭ ވަރަށް ބޮޑަށް ޝަރަފެއް ކަމަށެވެ.
ރައީސް ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ދެ ބޭފުޅުންނަށް މަރުހަބަ ދަންނަވައި ގާސިމް ވިދާޅުވީ، އެބެފުޅުންގެ ޒައާމަތުގައި ރާއްޖެ ތަރައްގީގެ ހަލުވި ދުވެލީގައި ދަތުރުކުރާނެކަމާ މެދު ޝައްކުނުކުރައްވާ ކަމަށެވެ. އަދިި އުއްމީދު އާވެ ރާސްތާ ސާފްވެ ހިތްވަރު ރޯޝަން ވެގެން ހިގައްޖެ ކަމަށެވެ.
"މަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ހަލުވި ދުވެލީގައި މި ގައުމު ކުރިއަށް ދާނެކަމާއި މެދު ޝައްކެއް ނެތް.އިތުރު ކުރިއެރުމާއި ތަރަށްގީއާއި ފާގަތިކަން މިގައުމަށް މިންވަރު ކުރައްވާށި،" ގަސިމް ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ