ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ގާސިމް އިބްރާހިމަށް

ވިލާ ގުރޫޕްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހއ. އަތޮޅަށް ކޮށްދެއްވި ޙިދުމަތަށް އެ އަތޮޅު ކައުންސިލުން އެމަނިކްފާނަށް ހާއްސަ އެވޯޑެއް ވަނީ އަރުއްވާފައެވެ.
ގާސިމް އިބްރާހިމަށް މި އެވޯޑް އަރުވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ހއ ދިއްދޫގައި ބޭއްވި ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ދިނުމުގެ ހާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މުޅި ހއ ގެ ތަރައްގީއަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވާކަމަށެވެ.
އޭގެ އިތުރުން ހއ. އަތޮޅަށް ރީތި ނަންހޯދާދީ އަތޮޅުގައި ހަރުދަނާ ދަރިވަރުން ބިނާކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިފަދަ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންދާތީ އެކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހއ އަތޮޅު ކައުންސިލަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުލް ލަތީފު މުހައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން ދެއްވާ އެހީތެިރކަން ފާހަގަކޮށް އެފަރާތްތަކަށް އެވޯޑް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ