ޒަރިޔަންދުގެ ފާޑުކިޔުމާއި ސުވާލު: "ލިބޭ ޑޮލަރު ދަނީ ކޮންތާކަށް؟"

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އާމްދަނީ ލިބެމުންދަނީ މިހާރުގެ ސަރުކާރަށް ކަމަށް ބުނެ، މީރާގެ ތަފާސްހިސާބުތަކާއެކު، މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސުވާލު އުފައްދަވައިފި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީގައި ވެސް ގިނަ އަހަރުތަކެއް ވަންދެއް އުޅުއްވި ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތަށް ރެކޯޑު އަދަދަކަށް ޑޮލަރު ލިބެމުންދާއިރު ވެސް، ބޭންކު ކާޑުތަކުގެ ލިމިޓުގެ ދަތިކަމާއި، މުދާ އިމްޕޯޓް ކުރުމުގެ ދަތިތަކުގެ އިތުރުން ބޭރު ފައިސާ ކޮންޓްރޯލް ކުރަންޖެހުން ފަދަ ބޮޑެތި މައްސަލަތައް އަދިވެސް ހައްލެއް ނުވެ ދެމިއޮތް ކަމަށެވެ.
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
މިހާރު އުފެދޭ ސުވާލަކީ ދައުލަތަށް ޑޮލަރު ލިބޭތޯ ނުވަތަ ނޫންތޯއެއް ނޫން ކަމަށާއި، ނަމަވެސް އެ ލިބޭ ހުރިހާ ޑޮލަރަކަށް ވަމުންދަނީ ކިހިނެއްތޯ އަދި އެ ފައިސާ ދަނީ ކޮންތާކަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މީރާގެ ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ވެރިކަންތަކާ އަޅާބަލާއިރު މުއިއްޒުގެ ވެރިކަމުގައި އަހަރަކަށް ޖެހޭ ޑޮލަރުގެ އާމްދަނީގެ އެވްރެޖް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޒަރިޔަންދު ހިއްސާކުރެއްވި މި ތަފާސްހިސާބުތަކުން އެނގެނީ މިހާރުގެ ސަރުކާރަށް އަހަރަކު ލިބޭ ޑޮލަރުގެ އާމްދަނީ، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ދެގުނައާ ގާތްކުރާ އަދަދަކަށް އިތުރުވެފައިވާ ކަމެވެ. ނަމަވެސް، މާލީ ބާޒާރުގައި ޑޮލަރުގެ ތާށިކަން ހުރުމާއި، އާންމުންނަށް ބޭންކު ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތަކަށް ހައްލެއް ނުލިބި ދެމިއޮތުމަކީ، ލިބޭ އާމްދަނީ މެނޭޖުކުރުމާއި އޭގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމާ މެދު ސީދާ ސަރުކާރަށް އަމާޒުވާ ވަރަށް ބޮޑު ސުވާލެކެވެ.
މިހާރު ޑޮލަރުގެ އަގު ވަނީ ރާއްޖޭގެ ތާރީހުގައި ނުދާ މިންވަރަށް އުފުލިފަ އެވެ. އިއްޔެ ޑޮލަރެއްގެ އަގު ހުރީ 21.25ރ. އެވެ. ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ