ދުންފަތުގެ އިސްތިއުމާލު ކުރުން: ހައްލު ނުވާ ބޮޑު މައްސަލައެއް!

ދުންފަތުގެ އިސްތިއުމާލުކުރުމުން އޭގެ ގެއްލުން ލިބެނީ ހަމައެކަނި އެ ބޭނުންކުރާ މީހާއަކަށް ނޫނެވެ.
އެނާގެ ވަށައިގެން ތިބޭ އެންމެންނަށް ވެސް އޭގެ ގެއްލުން ލިބެ އެވެ. 2013 ވަނަ އަހަރުން ފެށިގެން އަންނަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދަށް އަމަލުކުރަމުންނެވެ. 1 ޖެނުއަރީ 2013 އިން ފެށިގެން އަމަލުކުރަމުންދާ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާޢިދުގެ ދަށުން 4 ގޮތަކަށް ޖޫރިމަނާ ކުރެވެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފިނަމަ، އެމީހަކު 500ރ. އިން ޖޫރިމާނާ ކުރެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ޢާންމު ތަންތަން ފިޔަވާ އެހެން ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފިނަމަ، އެތަނެއްގެ ވެރިފަރާތް 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާނަމަ، އެތަނެއްގެ ވެރިފަރާތް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ.
އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރު 98 ތަން ބަލައި ފާސްކޮށް 145 ފަހަރު މަތިން ވަނީ ޖޫރިމަނާ ކޮށްފައެވެ. 2014 ވަނަ އަހަރު 184 ތަނެއް ބަލައި ފާސްކޮށް 329 ފަހަރު މަތިން ވަނީ ޖޫރިމަނާކޮށްފައެވެ.
މިދިޔަ އަހަރު 126 ތަނެއްބަލައި 203 ފަހަރު މަތިންވަނީ ޖޫރިމަނާ ކޮށްފައި،، މިއަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް 14 ތަނެއް ބަލައި، 16 ފަހަރު ޖޫރިމަނާކޮށްފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރަމުން ދިޔަ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ބުނީ އެމީހުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ އެކަން ބަލާނެ މީހަކު ނެތުމުން ކަމަށާއި ގާނޫނު ތަންފީޒުކުރާ މީހުންގެ ތެރޭގައި ވެސް މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އުޅޭ ކަަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ބައެއް ކެފޭތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވާހަކަ ދައްކާލުމުން ބުނީ އެތަންތަނަށް ދާ ކަސްޓަމަރުން ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް އެކަން މަނާނުކުރަނީ ވެރިމީހާ އަންގާފައި އޮންނާތީއާއި ވިޔަފާރި ދަށަށް ދާނެތީ ކަމަށެވެ.
އަދި ބައެއް މީހުން ކައިރީ އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ބުނުމުން ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ކަަމަށް ވެސް ކެފޭތަކުގައި މަސައްކަތް ކުރާ ބިދޭސީން ބުންޏެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރު ޖޫރިމަނާ ކޮށްފައިވަނީ 2 މީހުން،، 2014 ވަނަ އަހަރު ޖޫރިމަނާ ކޮށްފައިވަނީ 1507 މީހުން،، 2015 ވަނަ އަހަރު ޖޫރިމަނާ ކޮށްފައިވަނީ 2881 މީހުން،، 2016 ގެ 23 ފެބްރުއަރީގެ ނިޔަލަށް 213 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ވީނިއުސްގެ ޓީމުން ބައެއް ކެފޭ ރެސްޓައުރެންޓްތަކަށް ޒިޔާރަތްކުރިއިރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރަމުން ދިޔަކަން ފާހަގަ ކުރެވުނެވެ.
ްްގާނޫނާއި، ގަވާއުދުތަކަަކީ ރައްޔިތުންގެ ފަސޭހަކަމާއި. ރައްކާތެރިކަމަށް ހެދިފައިހުންނަ އެއްޗަކަށް ވާއިރު މި ގާނޫނުތަކަށް ބޯލެބުމަކީ ވެސް ރައްޔިތުންގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ