ހުއްދަ ނުހޯދައި ދުވާރު މަތީގައި މަސައްކަތްކުރި ބަޔަކު ޖޫރިމަނާކޮށްފި

މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގަވާއިދާ ޚިލާފަށް ދުވާރުމަތީގައި މަސައްކަތްކުރި ބަޔަކު މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައިގަައި ޖޫރިމަނާކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ހ. މާދޫ ނަމަކަށް ކިޔާ ގެއެކެވެ. އެއީ މާލެ ސިޓީގެ މަގުތަކާއި ޕޭމެންޓުތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުން، ޖޫރިމަނާ ކުރުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. ސިޓީ ކައުންސިލުން ފޮނުވާފައިވާ ޗިޓުގައި، ޖޫރިމަނާކުރި ސަބަބެއްގެ ގޮތުގައި ޖަހާފައިވަނީ ދުވާރުމަތީގައި ސިޓީ ކައުންސިލުގެ ''ހުއްދަ ބޯޑު'' ނުބަހައްޓައި މަސައްކަތް ކުރުމުންނެވެ. https://x.com/MaleCitymv/status/2078345255099978080 ނަމަވެސް ޖޫރިމަނާކޮށްފައިވަނީ ކޮން އަދަދަކުން ކަމެއް ކަށަވަރެއް ނުވެއެވެ. މާލޭގައި ހުއްދަތައް ނުނަގައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ. ދާދި ފަހުން ވެސް، ހަދަމުންދިޔަ އިމާރާތެއްގެ މަތީން މީހަކު ވެއްޓި ޒަޚަމުވެފައިވެއެވެ. އެ މައްސަލައިގައި ކައުންސިލުން ވަނީ އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. https://sun.mv/223978 މާލޭގައި މިފަދަ މައްސަލަތަކަކީ އާންމުވެފައިވާއިރު، ކައުންސިލުން އަންނަނީ، ހުއްދަ ނުހޯދައި މަގުމަތީގައި މަސައްކަތް ކުރުމާއި، ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރާ ފަރާތްތައް ޖޫރިމަނާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ