ކަރަންޓް، ފެން، ނަރުދަމާ އެމްޑަބްލިއުއެސްސީ އަށް!

ފެނަކަ ކޯޕަރޭޝަނުން ދަށުން ހިންގަމުން އަންނަ އައްޑޫގެ އިންޖީނުގެ ތަކާއި، ފެނާއި ނަރުދަމާ ދިނުމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މިއަދު ހަވާލު ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ނިންމަވައިފި އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދުން ފެށިގެން އައްޑޫގެ އިންޖީނުގެތަކާއި ފެން ޕްލާންޓްތައް ހިންގުން އެމްޑަބްލިއުއެސްސީން ހަވާލު ވާނެ އެވެ.
އައްޑޫގެ މި ތިން ހިދުމަތް އެ ކުންފުންޏާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު ހަސަން މަނިކު ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު ވިދާޅުވެފަ އެވެ.
މި ބަދަލާ ގުޅިގެން އައްޑޫގެ އިންޖީނުގެ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޮޑެތި ބަދަލުތަކެއް އަންނާ ކަމަށްވެއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން ވަގުތީ ކޮށްފައި ތިބި އައްޑޫގެ އިންޖީނުގޭގެ މުވައްޒަފުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް ވެއެވެ.
ސަދަން ޔޫޓިލިޓީން ހިންގަމުން ދިޔަ އިންޖީނުގެތައް ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލު ވުމާއި ގުޅިގެން ހިންގަން ހަވާލުކޮށްފައިވަނީ މިހާރުގެ ރައިސް ޑރ. މުހައްމަދު ވަހީދު އުފެއްދެވި ފެނަކަ ކޯޕަރޭޝަނުންނެވެ.
ވަހީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން އައްޑޫގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޭތެރެ ދޭތެރެއިން ކަރަންޓްގެ ހިދްމަތުން އާއްމުން މަހްރޫމްވެފައިވާ އިރު އައްޑޫގެ އިންޖީނުގެ ހިންގުމަށް އުފެއްދި ފެނަކަ ކޯޕަރޭޝަން ވަނީ ހިދްމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން ފެނާއި ނަރުދަމާ އަޅައިދޭނެ ފަރާތެއް ހޮދުމަށް ވަނީ އިއްލާން ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ