ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް ސެކްރެޓޭރިއަޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ހާމަކުރިގޮތުގައި އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެ އިތުރުން އެ ދަތުރުފުޅުގައި ސްރީލަންކާގެ ހާރިޖީ ވަޒީރު ޖޭއެލް ޕީރިސްއާ ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
މައުމޫން ލަންކާ އަށް ފުރާވަޑައިގަންނަވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ އިންޑިއާގަ އެވެ.
މައުމޫން މިރޭ ސްރީލަންކާ އަށް ފުރާވަޑައިގަންނަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ