މާލޭގެ ގިނަ ސަރަޙައްދު ތަކަކުން މިއަދު ކަރަންޓު ކެނޑިއްޖެ

މާލޭގެ ގިނަ ސަރަޙައްދު ތަކަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިއްޖެ އެވެ.
މިކަމާއި ގުޅޭ ގޮތުން ސްޓެލްކޯ ގެ އިސް އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑުނީ އެންމެ ބޮޑު ދެ ޖެނެރޭޓަރު ކުއްލި ގޮތަކަށް ނިވުމުން ކަމަށެވެ.
"ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދަކަށް ވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އެބަދަން" އޭނާ ވިދާޅުވިއެވެ.
އިންޖީނުތައް ނިވެން ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިއްޖެ ކަަމަށާއި އެކި ސަރަޙައްދުތަކަކަށް މިހާރު ކަރަންޓު ދެމުންދާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ