ހިތަދޫ މެދު ދާއިރާގެ މެމްބަރުގެ އަޑުއެހުން ކެންސަލްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ. މިއަދު 1:00 އަށް ތާވަލްކުރީ އަޑުއެހުން ކެންސަލްވިކަން އިބްރާހީމް ދީދީ އަށް އެންގީ އޭނާ ކޯޓަށް ވަޑައިގަތުމުންނެވެ. އަޑުއެހުން ކެންސަލްކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގަ އެވެ. އޭރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގަ އެވެ. އިބްރާހިމް ދީދީގެ މައްޗަށް މީގެ ކުރިން ވެސް ޓެރަރިޒަމް ދައުވާ އުފުލާފައިވެ އެވެ. މީގެކުރިން އެ ދައުވާ އުފުލައި ހެކިބަސް ނެގުމާ ހިސާބުގައި އޮއްވައި ޕީޖީން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ