ގާސިމްގެ ހާލު ބެއްލެވުމަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމްގެ ހާލު ބެއްލެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މެޑިކާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު މެންދުރު 12:45 ހާއިރު ބޯ އަނބުރައި، ހޮޑު ލަވާގޮތްވެ ނޭވާ ކުރުވުމުގެ ސަބަބުން ގާސިމް ވަނީ އެޑްމިޓް ކުރައްވާފައެވެ. މަޣުލޫމާތު ލިބޭ ގޮތުގައި ގާސިމް އެޑްމިޓް ކޮށްފައިވަނީ ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް ފަހުގައެވެ. ގާސިމްގެ އަރިހަށް ވަޑައިގެން އިރުކޮޅަކަށް އެތަނުގައި ރައީސް މައުމޫން ވަނީ މަޑުކުރައްވާފައެވެ.
ގާސިމް އިބްރާހިމް އެޑްމިޓް ކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގެ އަޑުއެހުން މިއަދު މެންދުރު 14:00 ޖަހާއިރު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ ޝަރީއަތް މިހާރުވަނީ ކެންސަލް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ