ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތުދީފިނަމަ ހެކި ގެއްލިދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ހިންގަވާ ޕަބްލިކް ވައިބަރ ގްރޫޕުގައި އަދީއްތަ ދުވަހު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލައާއި ގުޅޭ ގޮތުން އަދީބު ބަޔާނެއް ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވާ ދަނޑިވަޅެއްގައި އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ދީ، އެ ފުރުސަތުގައި އެމަނިކުފާނު ފިއްލަވައިފިނަމަ ހެކި ގެއްލިގެން ގޮސްދާނެކަމަށެވެ.
އަދި އޭރުން ކާނަލް ނާޒިމަށް އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށާއި މިބާވަތުގެ ހެކިބަހަކީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހުވާކޮށްގެން ހުރެ ދިނުން މުހިންމު ހެކި ބަހެއްކަމަށެވެ. އަދި މިކަހަލަ ހެކި ބަސްތައް ސައްހަވެގެންދާނީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ދިނުމުން ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ސުޕްރީމްކޯޓަށް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން ބަލައިދިނުމަށް އެދި، ކާނަލް ނާޒިމްގެ ފަރާތުން ހޮނިހިރު ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދީފިނަމަ ހެކި ގެއްލިދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ