މަޖިލީހުގެ މެންބަރުންވަކިވާނެ ހާލަތްތައް ޤާނޫނުއަސާސީން ވަރަށް ސާފު ކަމަށާއި، އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލްޣައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫނު ވިދާޅުވީ މެންބަރުން، މެންބަރުކަމުން ވަކިވާ ހާލަތްތައް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށެވެ.
ކުރީގެ ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ބަންޑާރަނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
މި މައްސަލައާއި ޤާނޫނީ ބޭފުޅުންނާއި ބައއް މަޖިލިސް މެންބަރުންނާއި އާއްމު ރައްޔިތުންގެ ނުރުހުމާއި ފާޑުކިއުން ބަންޑާރަނައިބް މުހައްމަދު އަނިލް އަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ބަންޑާރަ ނައިބަކީ ދައުލަތުގެ ވަކީލްތޯ ނޫނީ ރައީސުލް ޖުމުހޫރިއްޔާގެ ވެރިކަން ދިފާއުކޮށް ރައީސަކަށް ހުންނަ ބޭފުޅަކު ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރައްވަން ހުންނަ ބޭފުޅެއްތޯ ދަނީ ސުވާލުކުރަމުން ނެވެ.
ޤާނޫނުއަސާސީ ވަރަށް ސާފު، އިތުރު ތަރުޖަމާއެއް ބޭނުން ނުވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ