ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އިންޑިއާގެ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ބައްދަލު ކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އިންޑިއާގެ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާއާ ބައްދަލު ކުރެއްވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވަމުން ދާ ކަމުގެ އަޑުތައް އިދިކޮޅުފަރާތްތަކުން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މިޝްރާ އޭނާގެ އެފްބީގައި ފޮޓޯތަކާ އެކު ލިޔުއްވާފައިވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ބައްދަލުކުރެއްވުމުން ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި މިނިސްޓަރ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ