ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފިއެވެ.
މިއަދު ހެނދުނު 8:00އިން މެންދުރު ފަހު 2:00އަށް ނެރުނު މި އެލާރޓްގައި މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރެއާއި އަދި ދެކުނު ހިސާބުތަކަށް ބޯކޮށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިހާ ނަކަތުން މިއަދަކީ 2ވަނަ ދުވަހެވެ. މި ދުވަސްވަރަކީ އާއްމުކޮށް ވާރޭ ވެހޭ ދުވަސްވަރެއްކަމަށް ވުމާއިއެކު ދަތުރުކުރައްވާ ފަރާތްތަކާއި އަދި އާއްމު ފަރުދުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ މުހިއްމު ކަމެކެވެ.. ފާއިތުވި ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މޫސުން ގޯސްވެ، ވައިޓް އެލާރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ