ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުގެ ހުރިހާ ގުނަވަނަކުން ތަބާވާން ޖެހޭ: އިންޑިއާ

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އަމުރުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ރާއްޖޭގެ ސަރުކާރުގެ ހުރިހާ ގުނަވަނަކުން އަމަލު ކުރަންޖެހޭ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި އަމުރުކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން އިންޑިއާއިން ދެކޭ ގޮތް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރަސީ އާއި ގާނޫނީ ވެރިކަމުގެ ރޫހާ އެއްގޮތަށް ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ސަރުކާރުގެ ހުރިހާ ގުނަވަނަކުން އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެެއް ކަމަށެވެ.Our Press Release on the evolving situation in Maldives following last night's order of the Supreme Court of Maldives releasing all political prisoners. https://t.co/cLeuhbzApv— Raveesh Kumar (@MEAIndia) February 2, 2018
އިންޑިއާއިން ނެރުނު ކުރު ބަޔާނުގައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގެ މުއައްސަސާތަކުން ކަށަވަރުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ކަންކަން ގާތުން ބަލަމުންދާނެ ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ ހުކުމްކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ. އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް ފުލުންނާއި ކަރެކްޝަނަލް އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ