ލަންކާއިން ދިވެހިން ގެންނަ ފްލައިޓް ފަސްކޮށްފި

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް އަންނަ ބުރާސްފަތި ދުވަހު ހާއްސަ ފްލައިޓެއް ބާއްވާނެ ކަމަށް އިއުލާނު ކުުރުމަށްފަހު ފްލައިޓްގެ ދަތުރު ފަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ އައުމަށް ބާއްވާ ފްލައިޓެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. މޯލްޑިވިއަންގެ މި ފްލައިޓްގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އެކަން އެންގުމުން އިންތިޒާމްތައް ހަމަޖައްސައިދޭނެ އެވެ. އެ މީހުން އަންނާނީ އަމިއްލަ ހަރަދުގައި ޓިކެޓް ގަނެގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މިރޭ ފޮރިން މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ފްލައިޓެއް ނޯންނާނެ ކަމަށެވެ. އެ ދަތުރު ފަސްވެފައިވާ ކަމަށާ ދެން ފްލައިޓްގެ ދަތުރު އޮންނާނެ ދުވަސް ފަހުން ހާމަކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ