ގާނާ ބަލިކޮށް ގަދަ 16 ގެ ފަހު ޖާގަ ހޯދީ ކޮލަމްބިއާ އިން

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - ގާނާގެ މައްޗަށް 1-0 އިިން ކުރިހޯދައި ކޮލަމްބިއާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ. 
ސާޅީސް އަށް ގައުމުގެ މެދުގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕްގައި މި ފަަހަރު ގްރޫޕް ސްޓޭޖު ނިމުމަށް ފަހު ފުރަތަމަ ކުރިއަށްދިޔައީ 32 ޓީމު ކުޅޭ ނޮކައުޓް ބުރެކެވެ. އެ ބުރުގެ މެޗުތައް ނިމުނީ ގާނާ އާއި ކޮލަމްބިއާގެ މެޗުންނެވެ.
ގާނާ ކޮޅަށް މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ކޮލަމްބިއާ އަށް ޖަހައިދިނީ ސަންޓިއާގޯ އަރިއާސް އެވެ. 
ޖުމްލަކޮށް ބަލާއިރު، ގާނާ އަށް މި މެޗުގައި ކޮލަމްބިއާގެ ޑިފެންސް ފޫއަޅުވާލައިފައި މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 
މިއީ، ކޮލަމްބިއާ ފުޓްބޯޅަ އަށް ލިބުނު ކާމިޔާބެކެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިނުވިއިރު، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް ދިޔައީ މެޗަކުން ބަލިނުވެ އެވެ. ކޮލަމްބިއާ އިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަދި، 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ވާދަކޮށްފަ އެވެ. 
ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ