އޮންލައިން ޗެޓް ގްރޫޕްތައް މެދުވެރިކޮށް އަންހެނުންނަށް މަސްތުވާތަކެތިދީ، ޖިންސީ ގޯނާކޮށް އަދި އެ މަންޒަރުތައް ދައުރުކުރަމުންދިޔަ ބައިނަލްއަޤުވާމީ ބޮޑު ނެޓްވޯކެއް ހަތް ޤައުމެއްގެ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
"ޕްރޮޖެކްޓް މެޑޫސާ" ގެ ނަމުގައި މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ހިންގަމުންދާ މި އޮޕަރޭޝަނުގައި ޖަރުމަނާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ބްރެޒިލް، ކެނެޑާ، ފްރާންސް، ހަންގޭރީ، ނެދަލޭންޑްސް އަދި ސްޕެއިންގެ ފުލުހުން ބައިވެރިވެއެވެ.
މި ނެޓްވޯކުގައި ހިމެނޭ މީހުން މުއާޞަލާތު ކުރުމަށް ބޭނުންކޮށްފައިވަނީ އެންކްރިޕްޓްކޮށްފައިވާ މެސެޖިންގ އެޕްތަކާއި، ސިއްރު ފޯރަމްތަކާއި ބަންދުކޮށްފައިވާ ޗެޓް ގްރޫޕްތަކެވެ. އެ ގްރޫޕްތަކުގައި އެމީހުން މަޝްވަރާކޮށްފައިވަނީ ތަފާތު ބޭސްތައް ބޭނުންކުރާނެ ގޮތާއި، ފަސޭހައިން މީހުންނަށް މަސްތުވާތަކެތި ދޭނެ ގޮތްތަކާއި، އަދި ފުލުހުންނަށް ސިއްރުން މިކަންކަން ކުރާނެ ގޮތްތަކާ މެދުގައެވެ. އަދި ޝިކާރައަކަށްވާ އަންހެނުންނަކީ އެމީހުން ދަންނަ، އިތުބާރުކުރާ ބައިވެރިން ކަމަށްވާއިރު، ބައެއް ޙާލަތްތަކުގައި އެތައް އަހަރެއް ވަންދެން މިފަދަ އަނިޔާތައް ދެމިގެންގޮސްފައިވާ ކަމަށް ތަޙުޤީޤަށް ވަނީ އެނގިފައެވެ.
ފަހަކަށް އައިސް ޔޫރަޕްގެ އެކި ޤައުމުތަކުގައި މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު، ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުގައި މިފަދަ ބޮޑެތި ކުށްތައް ކުރި މީހުންނަށް ދިގު މުއްދަތުގެ ޖަލު ޙުކުމްތައް ވެސް ވަނީ އިއްވާފައެވެ.
މަސްތުވާތަކެއްޗާއި ޖިންސީ ގޯނާގެ ބައިނަލްއަޤުވާމީ ނެޓްވޯކެއް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ