ފައްސިވި ކަމަށް ބުނި ކުއްޖަކު ފައްސި ނުވާ ކަަމަށް ހަތް ދުވަސް ފަހުން އެޗްޕީއޭއިން ބުނެފި

ކ. ގުޅިން މީގެ ހަތް ދުވަސް ކުރިން ކޮވިޑް-19 އަށް ފައްސިވި ދެ މަހުގެ ކުއްޖާ ފައްސި ނުވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެ އާއިލާގެ އިތުރު ހަތަރު މީހަކާއެކު ކަރަންޓީންވެގެން ހުރި އެ ދެ މަހުގެ އަންހެން ކުއްޖާ ކޮވިޑް-19 އަށް ފައްސިވިކަން އެޗްޕީއޭއިން އެރަށު ސިއްހީ މަރުކަޒަށް އެންގީ އޮގަސްޓް 21 ވަނަ ދުވަހުއެވެ.
އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވި ކަަމަށް އެއިރު އެޗްޕީއޭއިން ބުނި ނަމަވެސް، އާއިލާއިން އެކަން އެއިރު ގަބޫލުކޮށްފައެއް ނުވެއެވެ.
އެ އެންމެންނަކީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމާފައި ކޮވިޑް-19 އަށް ޓެސްޓު ކުރި މީހުންނެވެ. އޭގެ ތެރެއިން އެއިރު ފައްސިކަމަަށް ބުނީ އެ ތުއްތު ކުއްޖާ އެކަންޏެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެޗްޕީއޭއިން އިއްޔެ ގުޅާފައި އެ ކުއްޖާ ނައްސިކަމަށް ބުނި ކަމަށެވެ.
"އެޗްޕީއޭގެ އޮފިޝަލަކު އަޅުގަނޑަށް އިއްޔެ ގުޅާލި 9:30 ހާއިރު، ގުޅާފައި ބުނި ފައްސިވި ކުއްޖާ މިހާރު ނައްސިކަމަށް. ރީޗެކެއް ކުރި ވާހަކަ ބުނި އައިޖީއެމްއެޗްން އެޗްޕީއޭއަށް ދެއްވި މައުލޫމާތު ގޯސްވެގެން،އެކަންތައްތައް ރަނގަޅަށް ބެލީ، އެ ކުއްޖާ ނައްސިއޭ ބުނީ، އެހެންވެ ހުރިހާ އެންމެން ރިލީސް ކޮށްލައިފި". އެ އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅިގެން އިތުރު ޓެސްޓެއް ހަދަން ޖެހޭތޯ އެޗްޕީއޭއާ ސުވާލު ކުރުމުން، އިތުރު ޓެސްޓެއް ހަދަން ނުޖެހޭނެ ކަަމަށް އެންގި ކަމަށެވެ.
"އެ ބޭފުޅާ ވިދާޅުވީ، އައިޖީއެމްއެޗްއިން އެޗްޕީއޭގެ ޕޯޓަލްއަށް އަޕްލޯޑް ކުރި މައުލޫމާތުތަކުގައި މައްސަލަތަކެއް ދިމާވެފައި ހުރި ވާހަކަ".
އިތުރު ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ