ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާއި ގުޅިގެން ހައްޔަރު ކުރި ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝަހީބަކީ 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ. މި މައްސަލާގައި ޝަހީބް ބަންދުގައި ހުއްޓާ ކްރިމިނަލް ކޯޓުން ވަނީ ޝަތުރުތަކަކާއި އެކު ދޫކޮށްލާފައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި އެ މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް އެ ނިންމުން ދެމެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީއެވެ. މަސްތުވާތަކެތީގެ މި މައްސަލާގައި ފުލުހުން 7 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނޭ 6 މީހުންނަކީ 25 އަހަރާއި 48 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. ދެން މި މައްސަލާގައި ޝާމިލުވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޝަހީބު ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ