ނ. މާފަރުގައި ރައްޔިތުންނަށް ޙިދުމަތްދޭ ހުރިހާ އޮފީހެއް އެ ރަށުގެ ރައްޔިތުން ނުކުމެ މިއަދު ބަންދުކޮށްފި އެވެ.
މާފަރު ކައުންސިލް ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައްޔިތުން ނުކުމެ އެ ރަށު ކައުންސިލް އިދާރާ އާއި ސިއްޙީ މަރުކަޒާއި، މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ސުކޫލާއި ޕޯސްޓް އޮފީސް ވެސް މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.
ތަންތަން ބަންދު ކުރީ ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ޙިދުމަތްތަށް އެދެވޭ ގޮތެއްގައި ނުދޭ ކަމަށް ބުނެ ކަމަށާއި އެކަމާއި ރައްޔިތުން ހިންހަމަ ނުޖެހިފައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބަނދަރެއް ނެތުމުގެ މައްސަލަ. އެކަން ހައްލު ކޮށްދިނުމަށް ކުރީގެ ސަރުކާރުން ވެސް ވަނީ ވައުދުވެފަ. މި ސަރުކާރުން ވެސް ރު ހަދައިދޭނެ ކަމަށް ބުނެ، ދެހާސް ތޭރަވަނަ އަހަރުގ ބަޖެޓް ފާސްވެގެން އައިއިރު މާފަރުގެ ބަނދަރުގެ މަސައްކަތެއް ނުހިމެނޭ. އެހެންވެ ރައްޔިތުން ނުކުމެ މިއަދު އަޑުއުފުލައި ތަންތަން ބަންދުކުރީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ނުކުމެ މާފަރުގެ ހުރިހާ އޮފީހެއް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ