މެމްބަރު ރިޒާ އޭއެފްސީ އެޕީލް ކޮމިޓީއަށް އައްޔަންކޮށްފި

އޭއެފްސީ އެޕީލް ކޮމިޓީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އައްޔަންކޮށްފިއެވެ. އެފްއޭއެމްގެ އެޕީލްކޮމިޓީގެ ޗެއާމަންކަންވެސް ކުރަމުންގެންދާ ރިޒާ އޭފްސީ އެޕީލް ކޮމިޓީއަށް އައްޔަން ކުރަން ނިންމީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އޭއެފްސީ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ ބައްދަލުވުމުގައެވެ. ސަންއާ ވާހަކަފުޅުދައްކަވަމުން ރިޒާ މިއަދު ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯލައިގެ އިދާރާއެއްގެ ކޮމިޓީއެއްގެ މެންބަރުކަން ލިބުމަކީ ރާއްޖެއަށާއި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ރީތި ނަމެއްކަމުގައި ދެކިވަދައިގަންނަވާ ކަމަށެވެ. އެޕީލް ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ. އެހެންކަމުން 2019 ވަނަ އަހަރާއި ހަމަޔަށް އެކޮމިޓީގެ މެންބަރުކަން ރިޒާ ފުރުވާނެއެވެ. ރިޒާއަކީ މިހާރުވެސް ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ