އިބޫގެ ކާމިޔާބާއިއެކު އުފާފާޅުކުރުމަށް ރައްޔިތުން މަގުތަކަށް!

އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ކާމިޔާބު ހޯއްދެވުމާއި ގުޅިގެން އެ ކާމިޔާބީ ފާހަގަކުރުމަށް ރައްޔިތުން މަގުތަކަށް ނުކުމެއްޖެއެވެ.   
Inthikhaabee Raees @ibusolih aai Naibu Raees @FaisalNasym ah maruhabaa dhennevumah MDP Haruge sarahadhdhah Rayyithun dhanee jamaavamun #HappeningNow pic.twitter.com/vcAgaiUqMu
އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 58 ޕަސެންޓް ވޯޓުން އިބޫ އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު، ކޯލިޝަނަށް ތާއީދުކުރާ އެތައް ސަތޭކަ ރައްޔިތުންނެއް ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވެފައިވާއިރު، އޭގެ ތެރޭގައި އެކި އުމުރުފުރައިގެ ރައްޔިތުން ހިމެނެއެވެ. އަދި އެ ރައްޔިތުންނާއި އެކު އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ އިސް ފަރާތްތައްވެސް ދަނީ އެ ސަރަޙައްދުގައި ކާމިޔާބީ ފާހަގަކުރަމުންނެވެ.
Inthikhaabee Raees @ibusolih aai Naibu Raees @FaisalNasym ah maruhabaa dhennevumah MDP Haruge sarahadhdhah Rayyithun dhanee jamaavamun #HappeningNow pic.twitter.com/cMpFhFZMA1
ކޯލިޝަންގެ ކާމިޔާބީ ފާހަގަކުރުމަށް ގިނަ ބަޔަކު މަގުމައްޗަށް ނުކުމެފައިވާއިރު، އިންތިޚާބުން ލިބުނު މިނިވަން ކަމާއިއެކު މިހާތަނަށް ވަޒީފާގެ ބިރުގެ ސަބަބުން ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސްޖެހިފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ހަރުގެ ކައިރިއަށް އެއްވެފައެވެ.
#VotunUfaaverikan
Inthihaabee Raeesul Jumhuriyya Hon. Ibrahim Mohamed Solih @ibusolih#Maruhabaa #JazeeraRaajje pic.twitter.com/w2gtz537WQ
މާލޭގައި ކޯލިޝަންގެ ކާމިޔާބީ ފާހަގަކުރަމުންދާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައިވެސް ދަނީ އިބޫގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އާދީއްތަ ދުވަހުގެރޭވެސް އުފާ ފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންދާއިރު، ބައެއް ރަށްތަކުގައި ހޯމަ ދުވަހުވެސް އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ