ކޮންމެ ރައްޔިތަކާމެދުވެސް ހަމަހަމަ ގޮތެއްގައި އަމަލުކުރުމަކީ ގައުމުގެ ހަމަޖެހުން ގާއިމުވާނެ ކަމެއް - ގާސިމް

ޤައުމުގެ ކޮންމެ ރައްޔިތަކާމެދުވެސް ހަމަހަމަ ގޮތެއްގައި އެއް އުޞޫލަކުން ޢަމަލުކުރުމަކީ ޤައުމުގެ އަމާންކަމާއި ޤައުމީ ހަމަޖެހުން ދާއިމީ ގޮތެއްގައި ދެމިއޮތުމަށް ލިބިގެންދާނެ އެންމެ މުހިންމު ކަންތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 71 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ނެރުއްވި ހިތޯބުގައި ވިދާޅުވެފައިވަނީ ޤައުމީ ދުވަސް ފާހަގަ ކުރެވޭ ކޮންމެ ވަގުތެއްގައި އެންމެ ބޮޑަށް ހަނދާން އާކޮށް ހިއްވަރު ލިބިގަންނަން ޖެހެނީ ޤައުމީ ބަތަލުން މި ޤައުމަށްޓައި ވެފައިވާ މަތިވެރި ޤުރުބާނީ އާއި އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކުގެމަތީން ހަނދާން އާކޮށް، ޤައުމަށްޓަކައި ޝަހީދުވެ ވަޑައިގެންނެވި ޤައުމީ އަބުތޯލުންގެ މަތިވެރި ޒިކުރާ އާކުރުން ކަމަށެވެ.
ޤައުމީ ދުވަހެއްގައި އެންމެންގެވެސްް ވާޖިބަކަށް ވާންވާނީ މުޅި ޤައުމުގެ އެންމެހާ ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހައްޤުތައް އޭގެ އެންމެ ފުރިހަމައަށް ލިއްބައިދިނުން ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ޤައުމެއްގެ ހަމަޖެހުމަށް އޮތް އެންމެ މުހިންމު ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގުތައް ހިމާޔަތްކޮށްދީ ކަށަވަރުކޮށްދިނުން ކަމަށްވެފައި، ޤައުމުގެ ކޮންމެ ރައްޔިތަކާމެދުވެސް ހަމަހަމަ ގޮތެއްގައި އެއް އުޞޫލަކުން ޢަމަލުކުރުމަކީ ޤައުމުގެ އަމާންކަމާއި ޤައުމީ ހަމަޖެހުން ދާއިމީ ގަޮތެއްގައި ދެމިއޮތުމަށް ލިބިގެންދާނެ އެންމެ މުހިންމު ކަންތައް ކަމުގައި ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ