ޕީޕީއެމްގެ ޔާމީން ފެކްޝަނުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވަޑައިގެން ނެތުމަކީ، ވަރަށް ދެރަ ކަމެއްކަމަށް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ، މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު އަރުވައިފި އެވެ.
"އަސްލު" ނަމުގައި މިރޭ ޔާމީން ފެކްޝަނުން ބޭއްވި ޖަލްސާއަކީ ރައީސް ޔާމީނަށް ރައީސް މައުމޫން ދެއްވި ތާއިދު އަނބުރާ ގެންދިއުމާއި، އަދި ޕާޓީ ދެބައިވެފައިވުމާއި ގުޅިގެން ޔާމީންއަށް ތާއިދު ކުރާ ފަރާތް ދައްކާލުމަށް ބޭއްވި ޖަލްސާއެކެވެ.
ނަމަވެސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިރޭގެ ޖަލްސާގައި މައުމޫން ވަޑައިގެން ހުންނެވި ނަމަ ޖަލްސާ މިއައަށް ވުރެ އުފާވެރިގެން ދިޔައީސްކަން ކަށަވަރު ކަމަށެވެ. އަދި މައުމޫން ވަޑައިގެން ނެތްކަމުގެ ހިޔަނި އެޅިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ" ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު ރައީސް މައުމޫނާ އެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ.
ޔާމީން ވިދާޅުވީ މައުމޫން އާއި އެކު މަޝްވަރާކޮށްގެން އަދިވެސް ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށެވެ.
ޔާމީން މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވި އިރު ރައީސް މައުމޫން އާއި ޔާމީންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެފަރާތުން ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
"ރައީސް މައުމޫން އަޅުގަނޑުމެންނަށް މަގު ދައްކަވައިދީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ