ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި ނިންމާފައިވާ މައްސަަލައެއް އަނެއްކާވެސް އެކޯޓުން ބަލަން ފެށުމުން ސުޕްރީމް ކޯޓުން އެމައްސަލަ ބެލުން ހުއްޓުވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް ހުއްޓުވާފައިވަނީ 2013 ވަނަ އަހަރު އެރަށު އާއްމު ރައްޔިތަކު އެރަށު ކައުންސިލާއި ދެކޮޅަށް ރުއްގަސްތަކެއްގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުން ނެރުނު އެއަމުރުގައި އެމައްސަލަ ބަލައި ނިންމާ ކައުުންސިލްގެ މައްޗަށް ރުއްގަސްތަކުގެ ބަދަލު އެމީހާއަށް ދިނުމަށް ޙުކުމްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީމަހު ހައި ކޯޓުންވަނީ އެޙުކުމް ބާތިލްކޮށްފައެވެ.
ހައިކޯޓުން އެޙުކުމް ބާތިލް ކުރުމާ ގުޅިގެން އެމީހާ ވަނީ ދެވަނަ ފަހަރަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހައި ކޯޓުގެ ޙުކުމަށް މިހާތަނަށް ބަދަލެއް އައިސްފައިނުވާތީ އެއީ ފައިސަލާ ކުރުވަނިވި ޙުކުމެއް ކަމަށާއި އަދި އިސްތިއުނާފް ކުރުމުގެ ބަދަލުގައި ކުރީގެ ޙުކުމަށް އަސަރު ފޯރާ ގޮތަށް އަމަލު ކުރުމަކީ އިންސާފުގެ ހަމަތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
ބަލައި ނިންމާފައިވާ މައްސަލައެއް އަލުން ބަލަނިކޮށް ސުޕްރީމް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ