އުމަރު ނަސީރު ފިޔަވައި މިވަގުތު ޕިޕީއެމްއާއި އެމްޑީޕީއާ ވާދަކުރެއްވުމަށް އެހެން ކެންޑިޑޭޓަކު ނެތްކަމަށް އުމަރު ވިދާޅު ވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގައެވެ. އަދި ޕީޕީއެމްގެ ތެރެއިން އިންސާފުވެރި ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ އިންތިހާބުގައި އިންތިހާބުގައި ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ އިންތިހާބީ ކަންކަން އެހެން ފަރާތަކާއި ހަވާލުކޮށްފި ނަމަ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އަދިވެސް ތައްޔާރަށް ހުންނެވި ކަމުގައެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ފުރުސަތު ނުލިބުނަސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް އިންތިހާބަށް ނިކުމެވަޑައިގަންނަވާނީ ޕީޕީއެމްގެ ތިންބައިކުޅަ ދެ ބައިގެ ވޯޓާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެބައިކުޅަ އެއްބައި ވޯޓާއި އެކުކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ އިދިކޮޅު އިއްތިހާދަށްވެސް ފާޑު ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ އިދިކޮޅު އިއްތިހާދަކީ ވައިގެ ތެރޭގައި ލިޔެލާފައިވާ ހަމައެކަނި ނަމެއް ކަމަށާއި އެއީ އެއްވެސް އެއްޗެން ނޫން ކަމުގައެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަދި އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓުންނާ ވާދަކުރަން، ތިން ވަނަ ކެނޑިޑޭޓެއް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ވާދަކުރަން އަޅުގަނޑު ނޫން ކެންޑިޑޭޓަކު ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ