އަންނަ ހުކުރު ދުވަހަށްފަހު ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓްގެ އޮފިޝަލަކު ވިދާޅުވީ މިއަދާއި މާދަމާ ވިއްސާރަވިއަސް، ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު ދެކުނުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ބޮޑު ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
މިއަދު މިއީ ފަސްބަދުރު ނަކަތުން ހަތަރު ވަނަ ދުވަހެވެ. ދެން އޮންނާނީ ރޭވަ ނަކަތެވެ.
ހުކުރުދުވަހަށް ފަހު މޫސުން ރަނގަޅު ވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ