ލ.ގަމުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އިމިގްރޭޝަނާ ހަވާލުކޮށްފި

ހައްދުންމަތި ގަމުގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ..
ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ކުރެވުނު މި މަސައްކަތުގައި، ގަމުގައި އުޅޭ 170 އަށްވުރެ ގިނަ ބިދޭސިން ބަލައި ފާސްކޮށް، އެމީހުންގެ ތެރެއިން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ 57 ބިިދޭސީން އިމިގްރޭޝަނާ ޙަވާލުކުރެވިފައިވާ ކަމަށެވެ.
ލ.ގަމުގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތް، ކުރިއަށް އޮތް ތަނުގައިވެސް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަވައިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވައިފި ނަމަ އެ ފަރާތެއް 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ