ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕް އިއްޔެ ފަށައިފި އެވެ.
މިމުބާރާތް އިއްޔެ ފަށާފައި ވަނީ 14 އަހަރުން ދަށުގެ ބައިގެ އުމުރު ފުރައިންނެވެ. މި ފަހަރުގެ މުބާރާތުގައި ހިމެނެނީ 14 އަހަރުން ދަށުގެ ބައިގެ އިތުރުން އަދި 18 އަހަރުން ދަށެވެ. އަދި 18 އަހަރުން ދަށުގެ ބައި ފަށާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.
އިއްޔެ ފެށި 14 އަހަރުން ދަށުގެ ބައިގެ ފުރަތަމަ މެޗުގައި އިމާދުއްދީން ކާމިޔާބުކުރީ ގިޔާސުއްދީން ސްކޫލާ ވާދަކޮށް 5-0 އިންނެވެ. ދެ ވަނަ މެޗުގައި މަޖީދިއްޔާ މޮޅުވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަތުން 2-0 އިންނެވެ. އަދި މިއުމުރުފުރާގައި މިއަދު ހެނދުނު އިސްކަންދަރު މޮޅުވީ ކ. އަތޮޅު މަދަރުސާ އަތުން 2-0 ލަނޑުންނެވެ.
އެފްއޭއެމްއިން ބުނީ، 14 އަހަރުން ދަށުގެ ފައިނަލް މެޗް އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، 18 އަހަރުން ދަށުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
އިންޓަ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ