ރާއްޖޭގައި ކެސިނޯ އެޅުމުގެ ހުއްދަ ދީގެން ނުވާނެކަމަށް ޖަމްއިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަލަފްގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ކެސީނޯ ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ.
ޝައިޚް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެކަމަށާ މާތް ﷲ ޙަރާމް ކުރެއްވިކަމެއް އަލަށް ރާއްޖެއަށް ތައާރަފް ކުރުމަކީ މުޅި ދިވެހި ޖީލާ ދެކޮޅަށް ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއްކަަމަށެވެ.
އަދި ފާފައެއް އަލަށް ތައާފަރްކޮށްފި މީހަކަށް އެކަމުގައި ދެންފަހުން ބައިވެރިވާ އެންމެންގެ ފާފަވެސް ބޮލުގައި އެޅޭނެކަން ޝައިޚް ހަނދާންކޮށްދެއްވިއެވެ.
ކެސިނޯ އަޅަން ހުއްދަ ދެވިގެން ނުވާނެ: ޝައިޚް އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ