މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ އިސްލާމްދީނާއި ގާނޫނުއަސާސީގައިވާ ގޮތަށް ގައުމާ ރައްޔިތުންނަށް މަންފާ ހުރި ގޮތަށް އަދި ދިވެހި ދައުލަތާއި ސަރުކާރަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އިންތިހާބު ކުރެއްވުމާ ގުޅިގެން މަޖިލިސް ކުރާ ގޭގެ ބޭރުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ ނާއުއްމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއާ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރައްވައިގެން ދިވެހި ރައްޔިތުންނަށް ބާއްޖަވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ގެނެސްދެއްވާނެ ކަމަށާއި އަދި ދިވެހި ސަރުކާރަށް އިތުރު ކުރިއެެރުމާ މަންފާ ލިބޭނެ ގޮތަކަށް އެމަނިކުފާނުގެ މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަސްއޫލިއްޔަތު އަދާކުރާނީ ދީނާއި ގާނޫނުއަސާސީ ގައިވާ ގޮތަށް: މަޖިލީހުގެ ރައީސް ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ