ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހު ކުރިޔަށްއޮތް ތިން އަހަރު 2027-2025 އަހަރަށް މިފަށާ ކެމްޕޭން ބިނާވެފައިވަނީ "އެފަދަ ދެވަނައެއް ނެތް ގުޅުން" މިޝިއާރު ގެ މައްޗަށެވ.ެ
މި ޝިއާރު ގޮވާލަނީ ކެންސަރުގެ ފަރުވާ ފޯރުކޮށްދިނުމުގެ އަސާސް ބަދަލުކޮށް ދެވޭފަރުވާ އާއި ސިއްހީ ނިޒާމް ފަރުދުންގެ މައްޗަށް އަމާޒު ކުރުމަށެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ކަމުގައި އެކަށައަޅައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ
ފެބްރުއަރީ މަހުގެ 4 ވަނަދުވަހެވެ.
ދުނިޔޭގައި ކޮންމެ ފަސްމީހަކުން އެކަކަށް އޭނާގެ ހަޔާތުގައި ކެންސަރު ތަހައްމަލުކުރަންޖެހޭ . ކޮންމެ މީހަކު މިބަލީގައިކުރާ ތަޖުރިބާ ވަރަށް ތަފާތު. ދުއިސައްތައަށް ވުރެ ގިނަ ބާވަތުގެ ކެންސަރ ހިމެނޭއިރު ކޮންމެ ބާވަތަކަށް ދޭންޖެހޭ ފަރުވާތަފާތު. ކޮންމެ ފަރުދެއްގެ ދިރިއުޅުމުގެ ހާލަތު ތަފާތު. އިޖްތިމާއީ އަދި އިގްތިސާދީ ޙާލަތުގެ އިތުރުން އޭނާގަބޫލުކުރާ ނުވަތަ
ދެކޭގޮތްވެސް ތަފާތު.
މިތަފާތުތަކަށް މިހާރަށްވުރެ ރަގަޅަށް މުޚާތަބުކުރުމަށްޓަކައި ބައްޔާމެދު އެކަނި ވިސްނުމުގެ ބަދަލ،ު ސިއްހީފަރުވާ އިންތިޒާމް ކުރަންވާނީ މީހާއަށް އަމާޒުކޮށް، ފަރުދުންނާއި މުޖްތަމައުގެ ބޭނުންތަކުގެ މައްޗަށް ބިނާކޮށްގެން. މީގެމުރާދަކީ ސިއްހީ އަދި ކެންސަރުގެ ފަރުވާ އެންމެ ރަގަޅު ވަގުތު، ރަގަޅު ތަނުގައި، ރަގަޅުގޮތުގައި ބަލި މީހާގެ ބޭނުމަށް ބިނާކޮށް، ފޯރުކޮށްދޭ
ޚިދުމަތެއްކަމުގައިވުން، ވަކިވަކި ފަރުދުންގެ ސިއްހީފަރުވާ ލިބިގަތުމުގައި އެ ފަރުދެއްގެ ބައިވެރިވުމާއި ބާރުވެރިކަން ނުވަތަ ބަސް އޭނާގެ ފަރުވާގައި އަމަލީގޮތުން ހިމަނައިގެން.
މީހާއަށް ނުވަތަ ފަރުދަކަށް އިސްކަންދީގެން ސިއްހީޚިދުމަތް ފޯރުކޮށްދިނުމުގައި، އޭނާގެ ސިއްހީބޭނުންތަކަށާއި ޖަމާއަތުގެ ސިއްހީ ޕްރޮގްރާމްތައް އެޖަމާއަތެއްގައި ހިމެނޭ ސިއްހީ މައްސަލަތަކުގެ މައްޗަށް އިސްކަންދީ ތަރުތީބުކޮށް، ސިއްހީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ޖަމާއަތެއްގައި ގެންގުޅޭ އާދަކާދަތައް ހިމަނައިގެން ތަމްރީނުދިނުމާއ،ި ސިއްހީ ލިޔެކިއުން ލިބޭނެ އިންތިޒާމް ކުރެވިފައިވުމާއ،ި ޓެލެމެޑިސިން ގެ ޒަރީއާއިން ޚިދުމަތް ލިބޭނެގޮތާއި ބަލިމީހާއަށް އެންމެ ބޭނުންވާވަގުތު ސިއްހީ ފަރުވާ އާއި އެހީތެރިކަން ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އަދި ސިއްހަތާބެހޭ ސިޔާސަތު އެކަށައަޅާ ރޭވުމުގައި، ކެންސަރު ތަހައްމަލުކޮށް ތަޖުރިބާކޮށްފައިވާ މީހުންގެ ބައިވެރިވުން ހިމެނުން.
މިގޮތަށް ކަންކަންކުރުމުގެ ނަތީޖާއަކަށްވާނީ ބަލިމީހާގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެ، އަދި ލިބިދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރުމަތިވެ، ބަލިމީހާގެ އިތުރުބާރު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްލިބ،ި ބަލިމީހާއާއި އާއިލާގެ ހިތްހަމަޖެހުން އިތުރުވެ، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ފަރަގުކުޑަކުރެވެ، ސިއްހީ ނިޒާމު ހަރުދަނާވުން.
ތިންއަހަރުގެ މި ކެމްޕޭނުގެ ފުރަތަމަ އަހަރުގެ މަގްސަދަކީ ސިއްހީ ޚިދުމަތް ފޯރުކަށްދިނުމުގެ ނިޒާމުގައި ދިމާވާ ހުރަސްތަކާއި ދަތިތަކަށް އަލިއަޅުވައ،ި ބަލިމީހާއަށް އަމާޒުކޮށް ސިއްހީފަރުވާ ފޯރުކޮށްދެވޭނެ އެންމެ ރަގަޅުގޮތް ދެނެގަތުން،
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މި ތިންއަހަރުގެ ކެމްޕޭނު ޝިއާރު "އެފަދަ ދެވަނައެއް ނެތް ގުޅުން" ދޭހަކޮށްދެނީ ކޮންމެ ކެންސަރަކީ އެފަދަ ދެވަނައެއްނެތް ތަޖުރިބާއެއް އެކުލެވޭ ކަމެއް. އެފަދަ ދެވަނައެއްނެތް ވިސްނުމަކުން ވިސްނާކަމެއް، އަދި އެފަދަ ދެވަނައެއް ނެތް ވާހަކައެއް ބުނެދޭނެ މީހެއްކަމުގައި، ހަމައެއާއެކު، ކެންސަރުބަލި އެމީހަކާ އަރާހަމަކޮށްފި މީހުންނަކީ
ކެންސަރު ބަލިން ދުރުކުރުވުމަށާއި، ކެންސަރު ތަހައްމަލު ކުރާމީހުންނަށް ނަތީޖާނެރެދެވޭ ކާމިޔާބު ފަރުވާ ސިއްހީ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ އަޒުމުގައި ގުޅިފައިވާ މީހުން، ނަތީޖާއަކަށްވާނީ ކެންސަރުބަލިން ފަރުވާލިބި ރަގަޅުވެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރެއްހޭދަކުރާނެ ބައެއްކަމުގައިވުން،
މި ކެމްޕޭނު ފަރުމާކޮށްފައިމިވަނީ ދުނިޔޭގެ ހުރިހާތަނެއްގައި ކެންސަރު ތަހައްމަލުކޮށް އަދި ތަހައްމަލު ކުރާ ފަރާތްތަކާއި، އަދި ޔޫނިއަން އޮފް އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލް (ޔޫ އައި ސީ ސީ) ގެ މެންބަރުންނާއި ބައިވެރިން އަދި ޖަމިއްޔާތައް ގުޅިގެން ކެންސަރާ ގުޅޭ ގޮތުން ކަ ނޑައަޅާފައިވާ ސިޔާސަތުތައް ރަގަޅުކުރުމަށް މަސައްކަތް ކުރުން.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީ އެސް އެމް) ވަނީ ދުނިޔޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށާއ،ި ކެންސަރާއި ކުރިމަތިލައި އަދި ކެންސަރަށް މަގުފަހިވާ ކަންތައްތަކާމެދު ހޭލުންތެރިކަން އިތުރުކޮށ،ް ކެންސަރާއި ދުރުހެލިކުރުމަށާއ،ިބަލިމީހަކީ ކާކުތޯ ނުވަތަ އުޅެނީ ކޮންތާކުތޯ ބެލުމެއްނެތި ފަރުވާއާއި އަޅާލުން ފޯރުކޮށްދޭން ފުޅާދާއިރާއެއްގައި މަސައްކަތްކުރާ
އެންމެ ބޮޑު ޖަމިއްޔާ ޔޫ އައި ސީ ސީ އާއި އަތުގުޅާލާފައ.ި ކެންސަރ ސަޕޯޓް ގްރޫޕް އަކީ މިގޮތުން ކެންސަރ ތަހައްމަލު ކުރަމުންދާ މީހުންނަށާއި ކެންސަރ ފަރުވާ އިން ރަގާޅުވެފައިވާ މީހުންނާއި އަދި ބަލިމީހުންގެ އެހީތެރިންނަށް އެފަރާތްތަކުގެ ތަޖްރިބާތައް ހިއްސާކޮށް އެހެން މީހުންނަށް މި ތަޖްރިބާ ތަކުން ހިތްވަރާއި އުންމީދު އާކޮށްދެވޭނެ މަގުފަހިކޮށްދިނުމަށް
ކެންސަރ ސޮސައިޓިގެ ފަރާތުން އުފައްދާފައިވާ ގްރޫޕްއެކެވެ. މިގޮތުން ގިނަ ފަރާތްތަކެއްގެ ތަޖްރިބާތައް އާންމުންނަށްފޯރުކޮށްދީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އުންމީދު އާކޮށްދީފައިވެއެވ.ެ އަދި މިއަދަކީ ކެންސަރ ސަޕޯޓް ގްރޫޕް އުފެދުނުތާ 9 އަހަރީ ފުރޭ ދުވަސް ވެސްމެއެވެ.
ސީ އެސް އެމް އިން ގެންދަނ،ީ ކެންސަރަށް މަގުފަހިވާ ކަންކަމުން މުޖުތަމައި ދުރުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން. މިގޮތުން ދުންފަތުގެ ބާވަތްތަކުންނާއ،ި ފުވައްދުފުމާއ،ި ޕްރޯސެސްޑް އެއްގަމުމަހުގެ ބާވަތްތައް ބޭނުންކުރުމާއި،،ި ހެލިފެލިވުން އިތުރުކުރުމަށް ކަސްރަތުކުރުންފަދަ ކަންކަން ކުރުމުން ދުޅަހެޔޮ ސިއްހަތެއް ޚިޔާރު ކުރުމަށް
ބޭނުންވާނެ މައުލޫމާތާއި ހޭލުންތެރިކަން އިތުރު ކުރުވުމަށް ފަހިކޮށްދެމުންނެވެ.
- މިއީ ކެންސަރު ސޮސައިޓީން ނެރުނު ބަޔާނެއް އެއިގެ އަޞްލާ އެއްގޮތަށް-
ދުނިޔޭގައި ކޮންމެ ފަސްމީހަކުން އެކަކަށް އޭނާގެ ހަޔާތުގައި ކެންސަރު ތަހައްމަލުކުރަން ޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ