އައިޖީއެމްއެޗު ކައިރީ ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ބަޔަކު މަރުތޭލަކުން ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދިން މައްސަލައެއް މިރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ މާރާމާރީގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާތަކުގެ ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަ ކުރެވޭ - މާލޭގައި ހިންގާ ކެފޭއެއްގެ ބަދިގެ ތެރޭގައި ވެސް މިއަދު ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މަރުތޭލަކުން ޖަހައި މާލޭ މަގުމަތީ މީހަކު ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ