ހޯރަފުށީގައި މީހަކު ހައްޔަރުކުރުން؛ އަމުރަށް ނުކިޔަމަންތެރިވި، ބާރުގެ ބޭނުންކުރި

ފުލުހުން ބުނީ މައްސަލައިގެ ބާވަތުން ތަހުގީގަށް ހުރަސް އެޅިދާނެތީ މިވަގުތަށް އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.
ހޯރަފުށީ މީހަކު ހައްޔަރު ކުރަން އުޅުމުން އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ބާރުގެ ބޭނުންކޮށް ހައްޔަރު ކޮށްފި އެވެ.
އެ ޒުވާނާ ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަނީ ޒުވާނަކު ހައްޔަރު ކުރަން ތިން ފުލުހަކު ހަރަކާތްތެރިވާ މަންޒަރެވެ.އެ މީހާއަށް ފުލުހުން އަންގާ އެންގުމަށް ތަބާނުވުމުން މޫނާ ލޮލަށް އަމާޒުކޮށް ދެ ފަހަރު ޕެޕާ ސްޕްރޭ ޖަހަ އެވެ. ސްޕްރޭ ޖަހަނީ ވަރަށް ކައިރީންނެވެ. އަދި ފަހުން އެ ޒުވާނާ ތާރުމައްޗަށް ވައްޓާލާ ގަދަ ކަމުން ބިޑިއަޅުވަ އެވެ.ހައްޔަރު ކުރަން މަސައްކަތް ކުރުން އެ ޒުވާނާ ހުތުރު ބަހުން ފުލުުހުންނާ ވާހަކަ ދައްކާ ގަދަކަން ދައްކަ އެވެ.ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން ދިވެހި ފިިރިހެނަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކޮށްފައިވާ ކަމަށެވެ.އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ފުލުހުން ނުބުނެ އެވެ.ފުލުހުން ބުނީ މައްސަލައިގެ ބާވަތުން ތަހުގީގަށް ހުރަސް އެޅިދާނެތީ މިވަގުތަށް އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ