ހއ. ހޯރަފުށީގައި ބާރުގެ ބޭނުންކޮށް އޭނާ މަގުމައްޗަށް ވައްޓާލުމަށްފަހު މީހަކު ހައްޔަރުކުރީ އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް އެ ހިދުމަތުން ބުނެފި އެވެ.
އެ މީހާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހުން ބާރުގެ ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު އެ ވީޑިއޯއިން ފެންނަ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފެބްރުއަރީ 2، ގެ ރޭ 11:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހޯރަފުށިން ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ. އަދި ނުކިޔަމަންތެރިވުމުން ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކުރި ކަމަށް ފުލުހުން އެއްބަސްވެފައިވެ އެވެ.
މިއީ ކޮން ޒާތެއްގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއްކަން ފުލުހުން ނުބުނެ އެވެ. ނަމަވެސް، މިއީ ޖިންސީ ކުށެއްގައި ހައްޔަރުކުރި މީހެއްކަމަށް ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން ބުނެފައިވެ އެވެ. އަދި، އެ މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް އެހެން އެކައުންޓުތަކަކުން ބުނެފައިވެ އެވެ.
މި ވާހަކަތަކަކަށް ފުލުހުން އެއްވެސް ރައްދެއް ނުދެ އެވެ.
ހޯރަފުށީގައި މީހަކު ހައްޔަރުކުރަން ބާރުގެ ބޭނުންކުރީ ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފި ހޯރަފުށީގައި މީހަކު ހައްޔަރުކުރަން ބާރުގެ ބޭނުންކުރީ ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ