މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ރާއްޖެއާއި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ބޭނުންވާ އެހީއަށް އެދި ސްޓޫޑަންޓް ލޯނަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން، ޑިޕްލޮމާ ލެވެލް އިން ފެށިގެން ޕީއެޗްޑީ ލެވެލްއާއި ހަމައަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް މާލީ އެހީ ހޯދުމުގެ 500 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހާ ލިޔުންތަކާއި އެކުގައެވެ. އަދި ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމެވެ. 1 (އެކެއް) އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިނަމަ، ނުވަތަ އެޕްލިކޭޝަނާއިއެކު ހުށަހަޅާންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
އެޕްލިކޭޝަން ޗެކްކޮށްދިނުމަށްފަހު އެކި މަރުހަލާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ސްޓޭޓަސްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް އޮންލައިން" މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ.
Application Submitted: މާނައަކީ އެޕްލިކޭޝަން މިނިސްޓްރީއަށް ލިބިއްޖެ
Application Complete: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ
Application Incomplete & Requires Resubmission: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމައެއްނޫން އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ
Resubmitted Application Received: މާނައަކީ އެޕްލިކޭޝަން އަލުން ހުށަހެޅުމުން މިނިސްޓްރީއަށް ލިބިއްޖެ
Selected: މާނައަކީ ލޯނު ފުރުސަތަށް ހޮވިފައި
Not selected: މާނައަކީ ޝަރުތު ފުރިހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވުމުން ލޯނުގެ ފުރުސަތަށް ނުހޮވޭ
Disqualified މާނައަކީ ލޯނުގެ ފުރުސަތަށް ޝަރުތު ފުރިހަމަނުވޭ
މި ސްކީމްގެ ދަށުން ލޯނަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 13:30 އެވެ.
ހަބަރު: ސަރުކާރު
މަތީ ތަޢުލީމާއި ތަމްރީނާއި ގުޅޭ ލޯނަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ