އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފާނެ ކަމުގެ ބިރަށް، ހަންގަރީން އެމެރިކާއަށް ނަތަންޔާހޫ ދަތުރުކުރި މަތިންދާބޯޓު، ބައެއް ޤައުމުތަކުގެ މަތިން ނުދިޔަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، އާންމުކޮށް ދަތުރުކުރާ މަގަށްވުރެ 400 ކިލޯމީޓަރު (248 މޭލު) އިތުރަށް ނަތަންޔާހޫގެ ފްލްއިޓް ދަތުރުކޮށްފައިވަނީ އައި.ސީ.ސީގެ ވޮރަންޓް ތަންފީޒުކުރެވިދާނެ ޤައުމުތަކުގެ މަތިން ނުދިއުމަށްޓަކައެވެ. އިޒްރޭލުން ގަބޫލުކުރާ ގޮތުގައި އައަލޭންޑް، އައިސްލޭންޑް އަދި ނެދަލޭންޑްސްއިން މި ވޮރަންޓް ތަންފީޒުކުރުމަށް މަސައްކަތްކޮށްފާނެއެވެ.
ނެތަންޔާހޫ މިހާރު ހުރީ އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީ ގައެވެ. އޭނާ އެތަނަށް ދިޔައީ ހަންގަރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންއާއެކު މަޝްވަރާތަކެއް ކުރުމަށްފަހުގައެވެ.
Advertisement
ނެތަންޔާހޫ ހަންގަރީއަށް އައުމުގެ ކުރިން، އޯބަންގެ ސަރުކާރުން ވަނީ އައި.ސީ.ސީގެ ވޮރަންޓެއް އޮތް މީހަކު ހައްޔަރުކޮށް ހަވާލުކުރުމަށް އެޤައުމަށް ލާޒިމްކުރާ ރޯމް ސްޓެޓިއުޓުން ވަކިވާން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ. އަދި ނެތަންޔާހޫ އައުމުގެ ކުރިން އޯބަންގެ ސަރުކާރުން ސާފުކޮށް ބުނެފައިވަނީ، އައި.ސީ.ސީން ވަކިވުމުގެ ނިންމުން އެއް އަހަރު ފަހުން ތަންފީޒުވިޔަސް، އައި.ސީ.ސީގެ އަރެސްޓް ވޮރަންޓަށް އިޙްތިރާމް ނުކުރާނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރުގައި އައި.ސީ.ސީން ނެތަންޔާހޫ އަދި އޭނާގެ ކުރީގެ ދިފާޢީ ވަޒީރަށް އަރެސްޓް ވޮރަންޓެއް ނެރެފައިވަނީ ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޤަތުލުޢާއްމާ ގުޅިގެންނެވެ.
ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް، ނަތަންޔާހޫގެ ފްލައިޓް ބައެއް ޤައުމުތަކުގެ މަތިން ދަތުރެއް ނުކުރޭ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ