ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އެލެޒެންޑްރޮ ބަލްގެރޯނިއަށް ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.
ޓްރީ ޓޮޕުން ބުނީ ބަލިމީހުންގެ މެދުގައި ޑރ. ޑިއެގޯ އަކީ އިތުބާރު ބޮޑު ޑޮކްޓަރެއް ކަމަށެވެ. އާޖެންޓީނާއަށް ނިސްބަތްވާ ޑޮކްޓަރު ފޯރުކޮށްދޭ ފަރުވާގެ ތެރޭގައި
ބަނޑާއި ގޮހޮރުގެ މައްސަލަތައް
ގޭސްވުން
ހަޖަމުކުރުމުގެ ނިޒާމާ ގުޅުން ހުރި ފަރުވާތައް
ޓެލެމެޑިސިން މެދުވެރިކޮށް ދޭން ފެށި މި ހިދުމަތާ އެކު ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށް ކުރަން ޖެހޭ ދަތުރުތަކާއި އެކަމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްވާނެކަން ޓްރީ ޓޮޕުން ފާހަގަކުރެ އެވެ.
ހާއްސަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ހިދުމަތުގެ
ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްއިން ބުނީ:
ޓެލެމެޑިސިންގެ ޚިދުމަތް ފޯރުކޮށްދޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިން
ރާއްޖެ ފަދަ ގައުމެއްގައި ޓެލެމެޑިސިން ފަރުވާއަށް ހޭލުންތެރިކުރުމާއި
އަހުލުވެރިކުރުމަކީ މުހިންމު ކަމެއް
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތްތައް
އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.
ޑރ. ޑިއޭގޯ އަށް އެޕޮއިންޓްމަންޓް ހެއްދުމަށް 3351610
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ
ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން
މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް
ތައާރަފުކުރަމުންނެވެ.
ޓްރީ ޓޮޕުގެ ގެސްޓްރޯ ކޮންސަލްޓަންޓަށް ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ