ސީއެސްސީއަށް ކުރީގެ މެންބަރު މުޖްތާޒު އައްޔަނު ކުރަނީ

ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒު އައްޔަނުކުރުމަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި އެވެ.
ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަނު ކުރަން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި އެ މައްސަލަ ދިރާސާކޮށް ގޮތް ނިންމަން ކަމާގުޅޭ ކޮމެޓީ -- މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
މުޖްތާޒު ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.
Advertisement
ސީއެސްސީގެ މެންބަރު ކަން ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރީން ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ